ހަތަރު މީހުންނާއިއެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް ދިޔަވެ، އަޑިއަށް ދާތީ، އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހަތަރު މީހުންނާއެކު، ޅ. އަތޮޅަށް ދަތުރުކުރި ”ލޫން 2“ ނަމަކަށް ކިޔާ ދޯންޏެއް، ކ.ހެލެގެލި ކައިރިން ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 20:52 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މިހާދިސާ ހިނގީ ކަނޑުއޮޅިން ނުކުންނަށް އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހިގެން ކަމުގެ މައުލޫމާތު ވަނީ ލިބިފައި ކަމަށް ވެސް ބުންޏެވެ.
