އައްޑޫ ސިޓީ ހިތަދޫ އުސްގަނޑުގައި ޕާކު ކޮށްފައި ހުރި ކާރުތަކެއްގައި ައަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ހިތަދޫ އުސްގަނޑު ސަރަހައްދުގައި ޕާކްކޮށްފައި އޮތް ބާ ކާރުތަކެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:40 ހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވައިލާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

މި ޙާދިސާގައި އަލިފާން ރޯވީ އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ބާވެފައިވާ ތިން ކާރުގައެވެ. މި އަލިފާންގަނޑު ނިއްވާލެވުނީ 8:00 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.