ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ads by Asuru

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން، މި މަހުގެ 30ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދެ ކެޓަގަރީއަކުންނެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީ އަދި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއިންނެވެ.

އަދި 18 ދާއިރާއަކުން އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނޫސްވެރިކަމުގެ އިނާމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތަކެއް އާއްމުކޮށްފައިވާއިރު، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު، އެމްއެމްސީގެ 3003995 ނުވަތަ 7967919 ނަންބަރު ފޯނުން ލިބޭނެއެވެ.