އެމްޑަބްލިޔުއެސްސީން ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް، އެންސީއޭއާ ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ.

Ads by Asuru

ރޭ ސަލްޓަން ފާކުގައި ބޭއްވި ރަސްމިއްޔާތެއްގައި، ”ފެނުން ދިރުން“ މި މުބާރާތް އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އެއް ވަނަ އަށް ހޮވޭ ފަރާތަށް 50,000 ރުފިޔާ، ދެ ވަނަ އަށް ހޮވޭ ފަރާތަށް 35،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ ފަރާތަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެން ދާނެއެވެ.

މީގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެ ކުރުހުންތަކަށްވެސް ފައިސާގެ އިނާމު ދޭނެ ކަމަށް ބުންޏެވެ. އެ ފަސް ކުރެހުން ހޮވިގެން ދާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ފަސް ކުރެހުމަށް ބެލުމަށް ފަހުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.