ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ހަދާފައިވާ ޗެނަލް އަންނަ ހޮނިހިރު ދުވަހު، ވަކި ވަގުތުތަކެއްގައި ބަންދު ކުރުމަށް ނިންމައިފިއެވެ.

Ads by Asuru

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނީ، މި މަހުގެ 15 ވަނަ ދުވަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމަކަށް ކޯރު ސަރަހައްދު ބަންދު ކުރާނެ ކަމަށެވެ. އެއީ އެ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 2:00އަށެވެ.

މި ވަގުތުތަކުގައި ކޯރު ސަރަހައްދުގައި ޖެޓް ސްކީ ކުރުމާއި، މޫދަށް އެރުމާއި، ޑިންގީ ހުރަސް ކުރުމާއި، އެ ސަރަހައްދަށް ވަނުން ވެސް މަނަލެވެ.

ޗެނަލް ބަންދު ކުރަން ޖެހެނީ އެ ސަރަހައްދުގައި މަސައްކަތް ކުރާ މީހުންނާއި އާއްމުންގެ ވެސް ސަލާމަތަށް ކަމަށް އެޗްޑީސީން ބުނެއެވެ.

ޗެނަލް ބަންދު ކުރުމުން ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މަޢާފަށް އެދިފައެވެ.