...
Advertisement
ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
މަޖިލީހުގެ ނިމިގެންދިޔަ ދައުރުގައި ރުހުން ދީފައިނުވާ ވަޒީރުންނަށް އަލުން ރުހުން ދިނުމަށް ހުށަހަޅާފައި މައްސަލަ ދިރާސާކޮށް އެ ވަޒީރުންނަށް ރުހުން ދިނުމަށް މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސް ކުރި މައްސަލަ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

19 ވަނަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދީފައެއް ނުވެއެވެ.

Ads by Asuru

ފަހުން މި ތިން ވަޒީރުން އަލުން މަޤާމަށް އައްޔަން ކުރުމަށްފަހު ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް 19 މަޖިލީހުގެ ދައުރު ނިމިގެންދިޔައީއެވެ.

ޖޫން ފަސް ވަނަ ދުވަހުގެ ރޭ ދިޔަ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީން ވަނީ މައްސަލަ ދިރާސީ ކުރުމަށް ފަހު ތިން ވަޒީރުންގެ ވަޒީރު ކަމުގެ ޝަރުތު ހަމަވާ ކަމަށާއި މައްސަލައެއް ނެތް ކަމަށް ބަލައި ރުހުން ދިނުމަށް ފާސްކޮށްފައެވެ.

Ads by ooredoo maldives