މިދުވަސްވަރަކީ ރާއްޖޭގައި އެންމެގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި ތިން ހަފުތާ ކަމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
އެހެންކަމުން މަދިރިން ރައްކާތެރިވުމަށް އެދޭ ކަމަަށްވެސް ޑރ.ފައިސަލް ވިދާޅުވިއެވެ.
އޭނާ އާއްމު ކުރި ޗާޓްގައިވާގޮތުން 20 ވަނަ ހަފްތާގައި ޑެންގީގެ 143 ކޭސް، 21 ވަނަ ހަފްތާގައި 125 ކޭސް، އަދި 22 ވަނަ ހަފްތާގައި 135 ކޭސް ރިޕޯޓްކޮށްފައި ވެއެެވެ.
މިދުވަސްވަރު ޑެންގީ ހުން ފެތުރޭ މިންވަރު އިތުރު ވަމުންދާތީ މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެގޮތުން ގޭގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމާއި، ޚާއްޞަ ގޮތެއްގައި އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު މަދިރިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ.
ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ، ހުން އައުންމާއި، ބޮލާއި ލޮލުގައި ރިއްސުމާއި، ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ފަދަ އަލާމާތް ތައް ހިމެނެއެވެ.
