އަޟްޙާ ޢީދަށް ވެރިރަށް މާލޭގެ މަގުތައް ކުލަ ބޮކިތަކުން ދިއްލައިލުމަށް ތައްޔާރުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މި މަހުގެ 16 ވަނަ ދުވަހު ފާހަގަ ކުރާ ބޮޑު ޢީދުގައި ވެސް ކުޑަ ޢީދާ އެއްގޮތަށް މާލެ ސަރަހައްދު ލައިޓުތަކުން ދިއްލައިލާނެ ކަމަށެވެ.
އެގޮތުން މިހާރު އެކަމަށް ބޭނުންވާ ލައިޓްތައް ހަރުކޮށް ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރިއެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ބޮޑު ޢީދު ގައުމީ ފެންވަރެއްގައި ތިން ރަށެއްގައި ފާހަގަކުރަން ނިންމައިފައެވެ.
އެއީ ރ. އުނގޫފާރާއި ދ. ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިއްޔެވެ.
