އއ. ތޮއްޑޫ ކައުންސިލު އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި 08 މީހުން ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ޝަރުތުތަކެއް ކުރުމަށްފަހު އެ އެންމެންވެސް ދޫކޮށްލާފައިވާ ކަމަށެވެ.
ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލު ކުރިމައްޗަށް އާންމުން އެއްވެ، މުޒާހަރާކޮށްފައިވެއެވެ.
ފުލުހުން ބުނީ މުޒާހަރާ ކުރަން އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ކައުންސިލު އިދާރާއަށް ގާ އުކުމުގެ ސަބަބުން އެ އިދާރާގެ ދޮރުގެ ބިއްލޫރިތައް ތެޅި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މުދަލަށް ގެއްލުންދޭން ދާއިމީ ހުއްދައެއް ލިބުނީތާ!