މިއަހަރު ހަައްޖު އަޅުކަމުގައި ބައިވެރިވާ ދިވެހި އެންމެހައި ޙާޖީންގެ ޙާލު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ.ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްކާގައި ދިވެހި ޙާޖީން ތިބޭ ހޮޓަލަށް ރޭގެ ވަގުތެއްގައި ޒިޔާރަތްކުުރެވުނު ކަމަށެވެ.
ޙާޖީންގެ ޙާލު ރަނގަޅު ކަމަށާއި ހުރިހާކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މިނިސްޓަރު ޑރ.ޝަހީމް ސަޢޫދީއަށް ވަޑައިގެންނެވީ މިއަހަރު ޙައްޖު އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖާޖީންގެ ފަހު ގުރޫޕާއެކުއެވެ.
މި އަހަރު، ދިވެހި ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ފޮނުވި 50 ފަރާތެއް ވެސް، އެ މާތް އަޅުކަން އަދާ ކުރުމަށް ގޮސްފައިވެއެވެ.
