ފަލަސްތީނަށް އެހީވުމަށް އދ.ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ 50،000 ޑޮލަރަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އަންރުވާ) އަށް ރާއްޖެ އިން އައީ ކޮންމެ އަހަރަކު 5،000 ޑޮލަރުގެ އެހީއެއް ދެމުންނެވެ.
”ފަލަސްތީނާ އެކު ދިވެހީން“ ގެ ނަމުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމަކަށް ”ޕީއެސްއެމްއިން“ މިއަދު ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ފަލަސްތީނަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ އެހީގެ އަދަދު 50،000 ޑޮލަރު އިތުރަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
”ރާއްޖެއިން ދެމުން އަންނަނީ އަހަރަކު 5000 ޑޮލަރު. އެކަމަކު 7 އޮކްޓޯބަރުން ހިންގަމުންދާ އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، މިއަހަރު ރާއްޖެއިން އެހީގެ ގޮތުންގައި 50000 ޑޮލަރު ދޭން ވަނީ ނިންމާފައި.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ މިހާރު ދޭ މިންވަރަށްވުރެ 10 ގުނަ އިތުރު އަދަދެއް ކަމަށެވެ.
އަދި އެ ފައިސާ ހަވާލު ކުރާނީ، ފިނޭންސް މިނިސްޓްރީ އާއި މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ވެސް ވިދާޅުވިއެވެ.

ތިފައިސާ ދައްކަންވާނީ އިޒުރޭލާއި އެމެރިކާގެ ފައިސާއިން. ރައްޔިތުން ހާލުގައި އުޅޭއިރު ރައްޔިތުންގެ ޓެކްސް ފައިސާ އަކުން ނޫން.