ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

Ads by Asuru

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް 15 މޭލާއި 16 މޭލު ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިގޮތުން އަޟްޙާ ޢީދު ބަންދުގައި މެދުރާއްޖެއަށާއި އުތުރަށް އާދައިގެ ވަރަކަށް ކަނޑު ގަދަ ވާނެ ކަމަށް ލަފާ ކުރެވޭއިރު، ރާޅުގެ އުސްމިން ގާތްގަޑަކަށް ތިން ފޫޓާއި ހަ ފޫޓާ ދެމެދު ހުންނާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

އަދި ދެކުނުގެ ރަށްތަކުގައި ދެ ފޫޓާއި ހަތަރު ފޫޓު ދޭމެދުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، އަންނަ ހުކުރު އަދި ހޮނިހިރުގައި ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.