ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަމުގެ މަގާމަށް ހުސެއިން ރިޒާ އިންތިހާބުކޮށްފިއެވެ.
އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތަމްސީލް ކުރައްވާ މެންބަރަކަށް މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އިންތިހާބުކުރީ މިއަދު އޮތް ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ. ޖޭއެސްސީގެ މެންބަރު ކަމަށް މަޖިލީހުން ރިޒާ ކަނޑައެޅުއްވީ މި މަހުގެ 3 ގައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޖުޑީޝަރީގައި މަސައްކަތް ކުރައްވާފައިވާ ރިޒާ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ކްރިމިނަލް ކޯޓުގައި ވެސް ކުރިން މަސައްކަތްކުރެއްވިއެވެ.
ޖޭއެސްސީގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް އިންނަވައެވެ.
