ރާއްޖޭން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށް ގެންދާ ހާއްސަ ޓެލެތޯން އަށް ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
ސްޓެލްކޯއިން އިއްޔެ ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމް އިން ”ފަލަސްތީނާއެކު ދިވެހީން“ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ ސްޓެލްކޯގެ ހެޑް އޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑު ފޮށްޓަށް އެކި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާ ކުރީ ޕީއެސްއެމް އާއި މީޑިޔާތައް ގުޅިގެން އިއްޔެ ހެނދުނު 8:00 ގައި ފެށި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ފައިސާއާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީފެ މުވައްޒަފުން ސާބިތުކަމާ އެކު އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
