ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ފާތިމަތު ހަފީޒާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެއީ އުމުރުން 80 އަހަރުގެ މީހެކެވެ.
ހަފީޒާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްހަރާމްގައި ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
