ޮރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއިއެކު ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފިއެވެ.
މިކަން އިޢުލާނުކޮށް، ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ބަދަލު ގެނެސްފައިވަނީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައިވާ ވައުދުފުޅުތައް ފުއްދެވުމަށް ކަމަށެވެ.
އެފްއެސްއެމްގެ ތެޔޮ ސްޓޭޝަންތަކުން ޑީސަލް ލީޓަރެއްގެ މިހާރު ވިއްކަނީ 13.92 ރުފިޔާ އަށެވެ.
މަސްވެރިންނަށް ހުޅުމާލެއިން ވިއްކާ ޑީސެލްގެ އަގު ހެޔޮ ކުރިއިރު، އިއްޔެ ބޮޑުކަންނެލީގެ މަސްވެރިން ވަނީ މާލޭ އެއް ނަންބަރު ޖެޓީ އާއި ހުޅުމާލޭގެ ކަންނެލި ޖެޓީގައި އިހުތިޖާޖު ކޮށްފައެވެ.
މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް މުޢިއްޒު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، ވިދާޅުވެފައިވެއެވެ.
