އަދި 50 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.
އެ ހާދިސާއާއި ގުޅިގެން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުވެއިތުގައި ހިނގި އަލިފާނުގެ ވާހަކަ އަޑު އެހީ ހިތާމައާއި އެކުގައި ކަމަށާއި، ހާދިސާގައި ގިނަ އަދަދެއްގެ އިންޑިއާ މަސައްކަތްތެރިންގެ ފުރާނަ ގޮސްފައިވާކަމަށެވެ.
އަދި މި ހާދިސާއާ ގުޅިގެން އިންޑިއާ އާއި ކުވެއިތު ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް ތައުރީފު ހައްގު ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޒަމީރު ވަނީ އެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ.
