ލޯކަލް ކައުންސިލްތައް ހިންގާ އޮފީސް އިމާރާތްތައް އެންމެ ފުރަތަމަ އަޅާ 50 ރަށް ކަނޑައަޅައިފިއެވެ.

Ads by Asuru

ލޯކަލް ގަވަނަންސް މިނިސްޓްރީން އެންމެ ފުރަތަމަ އޮފީސް އަޅަން ކަނޑައެޅި ރަށްތަކަކީ  ކ. ހިންމަފުށި، ކާށިދޫ، ތުލުސްދޫ، ގުރައިދޫ އަދި ގާފަރު،  ހއ. ވަށަފަރު، އިހަވަންދޫ، އަދި ދިއްދޫ، ހދ. ކުމުންދޫ، ނޭކުރެންދޫ އަދި ވައިކަރަދޫ، ށ. ފޭދޫ، ކޮމަންޑޫ، ގޮއިދޫ އަދި ނަރުދޫ، ނ. ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ އަދި ލަންދޫ، ރ. ވާދު އާއި ހުޅުދުއްފާރު،  ބ. ކަމަދޫ، ކުޑަރިކުލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ އަދި ކިހާދޫ، ޅ. ކުރެންދޫ، އދ. ކުނބުރުދޫ މަހިބަދޫ އަދި ފެންފުށި، މ. މުލި، ދިއްގަރު އަދި މުލައް، ފ. ފީއަލި، ދ. ހުޅުދެއްޔާއި ބަނޑިދޫ، ތ. އޮމަދޫ، ގާދިއްފުށި، ބުރުނީ، ގުރައިދޫ އަދި ވޭމަންޑޫ، ލ. މާބައިދޫ، ކުނަހަންދޫ އަދި މާވަށް، ގއ. މާމެންދު އާއި ނިލަންދޫ އަދި ގދ. މަޑަވެއްޔެވެ.

ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް މިދިޔަ އެޕްރީލް މަހު ވިދާޅުވެފައިވާ ގޮތުގައި އަހަރު ތެރޭގައި 50 ކައުންސިލެއްގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނެ ކަމުގެ އުއްމީދު އެބައޮތެވެ.

އަދި އެ މަސައްކަތަށް ބޭނުންވާ ހުރިހާ އެހީއެއް ޗައިނާ ސަރުކާރުން ދޭނެކަމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.