އަޟްހާ ޢީދު ބަންދުގައި އައިޖީއެމްއެޗުގެ އޯޕީޑީގެ ޚިދުމަތްދޭ ދުވަސްތައް އާއްމުކޮށްފިއެވެ.
1445 އަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތާއި ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ އަށް ގެނެވޭ ބަދަލާއި ގުޅޭގޮތުން އައިޖީއެމްއެޗުން ބުނީ، ޙައްޖު ދުވަހާއި ޢީދު ދުވަހުގެ އިތުރުން މިމަހުގެ 19 އަދި 20 ވަނަ ދުވަހު، ޚާއްޞަ ޑޮކްޓަރުންގެ އޯޕީޑީގެ ޚިދުމަތްތައް ބަންދު ވާނެކަމަށެވެ.
ޢީދު ބަންދުގައި އެ ހޮސްޕިޓަލްގެ ސްޕެޝަލިސް އޯޕީޑީގެ ޚިދުމަތް ލިބޭނީ މިމަހުގެ 17، 18 އަދި 22 ވަނަ ދުވަހުކަމަށާއި، އެ ދުވަސްތަކުގައި އާއްމު އުސޫލުން ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ޚިދުމަތްތައްވެސް ލިބޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.
އޯފީޑީ ޚިދުމަތްދޭ ދުވަސްތަކަށް ބަދަލުގެނައިނަމަވެސް، އިމަޖެންސީ ޚިދުމަތްތަކާ އިން ޕޭޝަންޓް ޚިދުމަތްތައް ހުރިހާ ދުވަހެއްގައިވެސް ލިބޭނެއެވެ.
އްދި ހުމާ ރޯގާއާއި އާއްމު ބަލިތަކާއި ގުޅިގެން، އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތްވެސް ކޮންމެ ދުވަހަކުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
