”ވެލިމާ ސްޕީޑް“ ނަމަކަށް ކިޔާ ލޯންޗެއް ތ. ކިނބިދޫ ނެރު ފަސްގަނޑަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

Ads by Asuru

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ފެރީ ލޯންޗު ކިނބިދޫއިން ނުކުންނަށް އުޅުމުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެގެންނެވެ.

މިއަދު އާއްމުވެފައިވާ ފޮޓޯތަކުން އެ ލޯންޗު މަޑުވެފައި ވަނީ ގަސްތަކުގެ ތެރެއަށް އަރައިގެން ގޮހެވެ.

މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި، ދެ ފަޅުވެރިންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

52 މީހުންގެ ޖާގައިގެ ”ވެލިމާ ސްޕީޑް“ އެކްސިޑެންޓުވެ، ލޯންޗުގެ އިންޖީނުތަކަށާއި، ބަނޑުފިލައަށް ގެއްލުންވީއިރު، މިއަދަކީ ލޯންޗުގެ ދަތުރުތައް ވެސް ފެށި ދުވަހެވެ.