އާއްމުންނަށް އުނދަގޫވާނެ ގޮތަށް، މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދު ފުލުހުން ޓޯ ކޮށްފިއެވެ.

Ads by Asuru

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ބޮޑުތަކުރުފާނު މަގު ކަޅުތުއް ކަލާކޮށްޓާ ހިސާބުން ފެށިގެން ފަތާ ޓްރެކާ ހަމައަށް ހުސްކޮށް 84 އުޅަނދު ޓޯ ކޮށްފައިވާ ކަމަށެވެ.

އަދި އަމީނީ މަގު ދަރުބާރުގެ އާއި ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު އައިޖީއެމްއެޗް އާއި ހަމައަށް އަދި ބޮޑުތަކުރުފާނުމަގު ސެނެހިޔާއާއި ހިސާބުން ފެށިގެން މާގިރި ހޮޓާ އަދި އިއްޒުއްދީން މަގު ބަސް ސްޓޮޕް ހިމެނޭހެން 79 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.

އަދި އިއްޒުއްދީން މަގުން ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތައްވެސް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ މާލެ ސަރަހައްދުގައި ދިމޭވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެެވެ. މިގޮތުން މި މަސައްކަތް ފެށީ، މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.