މާދަމާ ފާހަގަކުރާ އަޟްޙާ ގުޅިގެން އަންނަ ބަންދު ތެރޭގައިވެސް ކުއްލި ޙާލަތްތަކުގައި ހޮޓްލައިން މެދުވެރިކޮށް އައިޑީކާޑު ލިބޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން(ޑީއެންއާރް) އިން ހާމަކޮށްފިއެއެވެ.

Ads by Asuru

ސަރުކާރުން ވަނީ އަޟްހާ އީދާ ގުޅިގެން ހަފްތާއެއްހާ ދުވަސް ބަންދު ކުރުމަށް ނިންމާފައެވެ. މިގޮތުން މާދަމާ އިން ފެށިގެން، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ.