ދިވެހި ހައްޖާޖީން މުޒްދަލިފާގައި ރޭކުރުމަށް ފަހު މިއަދު މިނާ އަށް ދަތުރު ފަށާފައިވާ ކަމަށް ދިވެހި ޙައްޖު މިޝަނުން ބުނެފިއެވެ.
ހައްޖު މިޝަނުން ބުނީ ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި، ކަންކަން އިންތިޒާމުވެފައި ހުރީ ހައްޖާޖީންނަށް ވަރަށް ބޮޑަށް ފަސޭހަ ވާ ގޮތަށެވެ.
މި އަހަރު ރާއްޖެ އިން 1،150 މީހުން ހައްޖަށް ދިޔައެވެ. އެމީހުންގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދިޔަ 50 މީހަކު ވެސް ހިމެނެއެވެ. މި އަހަރު ރާއްޖެއިން އެންމެން ވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައެވެ.
