ޑެންގޫ ހުން ޖެހިގެން ހަތް ކުއްޖަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު އޮތީ އައިސީޔޫގައި ކަމަަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑރ.އަހުމަދު ފައިސަލު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި އޭނާ ވިދާޅުވީ އާންމުކޮށް ކުޑަކުދިން ޑޮކްޓަރަށް ދައްކަނީ ހުން އައިސް، ކެއްސާތީ އަދި ރޯގާ ޖެހިގެން ކަމަށެވެ.
ނަމަވެސް މިހާރު ޑެންގޫ ޖެހިގެން ހަތް އަހަރުގެ ކުއްޖަކު އެޑްމިޓްކޮށް ފަރުވާ ދެމުން އަންނާތީ މިއީ މި ދުވަސްކޮޅު ވަކިން ބޮޑަށް ބައްޔާއި މެދު ފަރުވާތެރި ވާން ޖެހޭ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑެންގީހުން ވަރަށް ގިނަ ކަމަށާއި، ބާއްވައިގެން މިހާ އަދަދެއްގެ ކުދިންނަށް ފަރުވާ ދެމުންދާއިރު، ބަލި ކުޑަކޮށް ހުއްޓަސް ނާންނަ ކުދިންގެ އަދަދު ވެސް އިތުރުވާނެ ކަމަށެވެ.
ހުމާއި ރޯގާ މިދުވަސްކޮޅު އިތުރު ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.
