ހުޅުމާލޭގައި އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުމާލޭގައި، ފޯރި ގަދަ، ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

Ads by Asuru
”މައި ހުޅުމާލެ އީދު އުފާ ޕަވާޑް ބައި ދިރާގު“ ގެ ނަމުގައި ކުރިއަށްގެންދާ އީދު ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ހުޅުމާލޭގައި ވަނީ ކުޑަކުދިންގެ ހަވީރަކާއި މާލި ޕެރޭޑެއް ބާއްވާފައެވެ.

މިއަދު ބޭއްވި މާލި ޕެރޭޑުގެ ތެރެއިން

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު ދެއަކުން ފެށި މާލި ޕެރޭޑް ނިންމާލާފައިވަނީ ސެންޓްރަލް ޕާކަށެވެ. މި ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

މީގެ އިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

އެގޮތުން މިރޭ 8:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޮޑުމަސް ބޭނުމުގެ ހަރަކާތެއް ވެސް ބޭއްވިއެވެ.

މިރޭ ހުޅުމާލޭގައި ބޭއްވި ބޮޑު މަސް ބޭނުމުގެ ހަރަކާތުގެ ތެރެއިން

މީގެ އިތުރުން ސެންޓްރަލް ޕާކްގައި މިރޭ 9:00 ގައި ހަވާ ވެސް އަރުވާފައިވެއެވެ.

މިރޭ ހުޅުމާލޭގައި ހަވާ އެރުމުގެ ތެރެއިން

އީދު ފާހަގަކުރުމުގެ ގޮތުން މާދަމާވެސް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

އީދު ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.

މި ލަކީޑްރޯގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ މާދަމާ ހަވީރު 6:00 ގައި ސެންޓްރަލް ޕާކްގައެވެ.

މީގެ އިތުރުން ދިރާގު އީދު ޝޯ މާދަމާ ރޭ 8:30 ގައި ސެންޓްރަލް ޕާކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.