ދ. އަތޮޅު ވޮއްމުލި ރިސޯޓު ކައިރިން ރޭ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ހަ ގަޑިއިރު ވަންދެން އޮބްސަރވޭޝަންގައި ބޭއްވުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ވޮއްމުލި ރިސޯޓު ކައިރިން ކަނޑުމަތީގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ.
އެ ދެ މީހުންނަށް ދ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ދެ މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާއިރު، ދެ މީހުންގެ ހާލުވެސް މިހާރު ރަނގަޅެވެ.
ނަމަވެސް އެ ދެ މީހުން ހަ ގަޑި އިރު އޮބްސަރވޭޝަންގައި ބޭއްވުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.
