އަޅުގަނޑުމެން ދިވެހީންގެ ސުފުރާ މަތިން އާއްމުކޮށް ފެންނަ ލުނބޯ އަކީ ސިއްހީ ގޮތުން ވަރަށް ފައިދާ ހުރި މޭވާއެއްކަން އެނގޭހެއްޔެވެ؟ ލުނބޯއިން ނުހަނު ގިނަ ފައިދާތައް ލިބޭއިރު، މިދުވަސްވަރު އެންމެ ބޮޑަށް ވައިގައި ހިފާފައިވަނީ ކޮފީއަށް ލުނބޯ އަޅައިގެން ބުއިމުން، ހަށިގަނޑުން ބަރުދަން ލުއިކޮށްދޭ ކަމަށް ބުނާ ވާހަކައެވެ.
ލުނބޯއިން ލިބިދޭ ބައެއް ފައިދާތަކަށް ބަލާލަމާހެއްޔެވެ؟
ހަންގަނޑު ރީތިކޮށްދޭ
ހަންގަނޑު ކުރަކިވެ ފަޅަފަޅައިގެން ދިޔުމަކީ މަދުން ނަމަވެސް މިއަދު ދިމާވާ ކަމަކަށް ވީއިރު ބައެއް މީހުންނަށް ޑަކްޓަރީ ބޭހުން ވެސް އެ މައްސަލަ ހައްލު ނުވެއެވެ. ނަމަވެސް ލުނބޯ ފަނި އާންމުކޮށް ބޯކަމަށްވާ ނަމަ އޭގެ ނަތީޖާ އަވަހަށް ފެންނާނެއެވެ. ހަންގަނޑު އޮމާންވެ ހަންގަނޑު އަލި ކޮށްދޭ އެ ޖޫހަކީ ސިއްހަތަށް ވެސް ފައިދާ ކުރާ ބުއިމެކެވެ.
ބަރުދަން ލުއިކޮށްދޭ
ލުނބޯގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މީހާގެ ބަރުދަން ބަރުވިޔަ ނުދީ އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. ހަށިގަނޑު ވަރުގަދަވެ މާ ބޮޑަށް ފަލަ ވިޔަ ނުދީ ލުނބޯގައި ހިމެނޭ ޕެކްޓިން ކިޔާ މާއްދާގެ ސަބަބުން އެކަން ކޮށްދެއެވެ.
ނޭވާލާ ނިޒާމަށް ވެސް ފަރުވާއެއް
ނޭވާ ހިއްލުމަކީ ގިނަ ބަޔަކަށް މިއަދު ދިމާވާ ސިއްހީ މައްސަލައަކަށް ވީއިރު ދުވާލަކު މަދުވެގެން ދެ ލުނބޯ ފަނި ތަށި ބުއިމަށް އާދަކުރާށެވެ. ހެނދުނު ހޭލުމަށް ފަހު އަދި ކޮންމެސް އެއް ގަޑީގައި ކެއުމަށް ފަހު ލުނބޯ ފަނި ތަށްޓެއް ބޯލާށެވެ. އެކަމުގެ ސަބަބުން ނޭވާ ލުމަށް ފަސޭހަވެ ނޭވާލާ ނިޒާމުގައި ހިމެނޭ ބެކްޓީރިޔާތައް ނައްތާލަދެއެވެ.
މުޅިން ކަޑަ ލިޔުމެއް އޭގަވާ ހުރިހާ ފައިދާއެއް ބުނެފަ އަޅެކީއްވާނީ އެ ލިނބޯފަނި ތަށި ތައްޔާރު ކުރާގޮތް ބުނެލަދިންނަމަދޯ..
ތު ހުތްފަނި ތައްޓެއް ގިރާލަން ނޭނގޭ މަންޖެއެއް.. ފޫޅުޘިު ހަންޑި ގެންދިޔަނަމަ ކޮންފަދަ