ދިވެހި ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ގައުމީ އިނާމު ވެސް މިދިޔަ އަހަރު ލިބިވަޑައިގެން މުޙައްމަދު ޒަކީ އަވަހާރަވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Ads by Asuru
މުޙައްމަދު ޒަކީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 3 މާރިޗު 1973 ގައެވެ.

އޭނާ އަވަހާރަވީ އުމުރުން 68 އަހަރުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައި ވަނީ އިއްޔެއެވެ.

މުޙައްމަދު ޒަކީ

ޒަކީގެ މައްޗަށް ކަށު ނަމާދު ކޮށްފައިވަނީ، މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތް، މަސްޖިދުލް ޒައިދުބިން ޘާބިތުގައެވެ.