ދ. އަތޮޅުގައި އޮންނަ ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި ރޭ އަނިޔާވި ދެ މީހުން ވެސް ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.
އެކްސިޑެންޓު ހިނގީ ވޮއްމުލި ރިސޯޓުގެ ލޯންޗަކާއި ދޫރެސް ރިސޯޓުގެ ލޯންޗެއް ޖެހިގެންނެވެ.
ދ.އަތޮޅު ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ހޮސްޕިޓަލުން ބުނީ، ދެ މީހުން ވެސް ފަރުވާ އަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާ ލިބުނީ އަންހެނަކާއި ފިރިހެނަކަށެވެ.
އަދި އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ މީހުންކުރެ އެކަކަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ދިނެވެ.
ފުލުހުން އަންނަނީ މިކަން ތަހުގީގު ކުރަމުންނެވެ.
