އަޟްހާ އީދުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގައި އުޅަނދު ދުއްވި 43 މީހަކު ޖޫރިމަނާކޮށްފިއެވެ.

Ads by Asuru
ފިޔަވަޅު އެޅި މީހުންގެ ތެރެއިން 27 މީހުންނަށް ފިޔަވަޅު އެޅީ ހުޅުމާލެ ފޭސް އެކެއްގައި އުޅަނދު ދުއްވައިގެން ކަމަށް ފުލުހުން ބުނެއެވެ.
އަދި ހުޅުމާލެ ފޭސް ދޭއްގައި އުޅަނދު ދުއްވައިގެން 13 މީހަކަށް ފިޔަވަޅު އެޅިއިރު މާލެ އިންވެސް ތިން މީހަކަށް ފިޔަވަޅު އަޅާފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ އީދުގެ ފުރަތަމަ ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ.

އީދު ދުވަސްތަކުގައި ވަކި ވަގުތަކު އެއްގަމު އުޅަނދު ދުއްވުން މަނާ ކުރަނީ، ހަވީރު ޢާއިލާތަކަށް ކުޑަކުދިންނާއިއެކު މަގުމަތީގައި ވަގުތު ހޭދަ ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.