އެޗްޑީސީ އިން “ މައި ހުޅުމާޅެ އީދު އުފާ ޕަވަރޑް ބައި ދިރާގު“ ނަމުގައި ބޭއްވުނު ފޯރިގަދަ އީދު ހަރަކާތްތަށް ވަނީ ވަރަށް ކާމިޔާބުކަމާއިއެކު ނިންމައިލައިފައެވެ.

Ads by Asuru

އެގޮތުން މި ހަރަކާތް ނިމިގެން ދިޔައީ އިވެންޓުގެ ގޯލްޑް ސްޕޮންސަރ ގެ ފަރާތުން އިވެންޓްގެ ބައިވެރިންނަށް ހާއްސަކޮށްގެން ބޭއްވި ގުރުއަތުލުމަކާއެކުއެވެ.

މި ގުރުއަތުގެ ނަސީބުވެރި ފަރާތެއްގެ ގިތުގައި ހޮވިފައިވަނީ ޔޫހާއެވެ.

ޔޫހާއަށްވަނީ އެއަރބްލޭޑް 160 ސީސީގެ ރެޑް އެޑިޝަންގެ ސައިކަލެއް ލިބިފައެވެ. ޔޫހާ ވަނީ މި ސައިކަލް ޔޫހާގެ ބައްޕައަށް އީދު ހަދިޔާއެއްގެ ގޮތަށް ދީފައެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔަ މި އިވެންޓްގައި ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކެއް ކުރިއަށް ގެންދިޔައެވެ.

އެގޮތުން މި ތަފާތު ހަރަކާތްތަކުގެ ތެރޭގައި ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނުނެވެ. އަދި މި ޢީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދިޔައެވެ.

ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދިން ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވެގެންދިޔަ އެއް ހަރަކާތެވެ.

މި އަޟްހާ އީދު ވެގެންދިޔައީ ހުލުމާލޭގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހު ދިރުވައިދިން އީދަކަށް ކަމުގައި އެޗްޑީސީން ދެކެއެވެ.

އެޗްޑީސީ އިން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ހުޅުމާޅޭގައި ދުރިއުޅޭ ފަރާތްކަށް އެންމެ ކަމުދާނެ ގޮތަކަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.