ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫންކަން ދިވެހި ރައްޔިތުން ގަބޫލު ކުރާ ކަމަށާއި، އެމަނިކުފާނު މާ ސާފު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު، އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އަޟްހާ އީދު ބަންދުގައި، ރައީސް މުއިއްޒު އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ދަރިކަލުންނާއި ދަރިކަނބަލުންނާއިއެކު ޗުއްޓީއަށް ރިސޯޓަކަށް ވަޑައިގެންނެވި ކަމަށް އޮންލައިން ނޫސް ”އަދަދު“ގައި ލިޔުމެއް ޝާއިއު ކުރުމުން، އެ ޚަބަރު ރީޕޯސްޓު ކުރައްވައި ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ޗުއްޓީ އޮންނަ ކަމަށާއި ޗުއްޓީ ނެގޭ ކަމަށެވެ.
”މި ޚަބަރުގެ ގޭސް ބަޔަކީ ”ލަގްޒަރީ“. ރައީސުލްޖުމްހޫރިއްޔާ އަކީ 100,000.00ރުފިޔާ މުސާރަ ރައްޔިތުން ދެއްވާ ފަރާތެއް.“ ޝުޖާއުގެ އެކްސް ޕޯސްޓުގައިވެއެވެ.
ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ވެސް އާއިލާއާއިއެކު ޗުއްޓީ ހޭދަ ކުރެއްވުމަށް ބޭރުގެ އެކި މަންޒިލުތަކަށް ދަތުރުފުޅުކުރައްވައިފައިވެއެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ރާއްޖޭގެ ބައެއް މީޑިއާތަކަށް ދެއްވާފައިވާ ބަސްދީގަތުންތަކުގައި، ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ބުރަކޮށް އުޅުއްވާއިރު ވެސް އާއިލާއަށް ވަގުތު ހުސް ކުރެއްވޭތޯ ބައްލަވާ ކަމުގައެވެ. އޭރު އެމަނިކުފާނު ހުންނެވީ މާލެ ސިޓީގެ މޭޔަރުގެ މަގާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެޗުއްޓީއޮންނަގޮއް އިންގޭމީހަކުއެބަހުރިތަ؟ އިންގޭމީހަކުހުރިނަމަބުނެދީބަލަ ހަމަނޭންގޭތީއަހާލީ މަހީކުރަނީ އަހަރަކު1މަސްދުވަސްކަމައް އެކަމަކު ރައީސުލްޖުމްހޫރިއްޔާއައްއޮއްނާނެތާ ޚާއްސައް އިނާޔައްތަކެއް ގައުމުގެ ރައީސަކީ މުޅިގައުމާއިބެހޭގޮތުން ވިސްނާފިކުރުކުރަންހުރިމީހާ އެހެންވީމަ ޗުއްޓީހަދަންޖެހޭނެ