ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފިއެވެ.

Ads by Asuru

އިލެކްޝަންސް ކޮމިޝަނުން ބުނީ، މި ފަހަރު ހަ ޕާޓީއަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި ވެރިކަން ކުރާ ޕީއެންސީ، ޕީޕީއެމް، އެމްޑީޕީ، އެމްޑީއޭ، އަދާލަތު އަދި ޖުމްހޫރީ ޕާޓީ ހިމެނެއެވެ.

މީގެ ތެރެއިން އެންމެ ގިނަ ފައިސާ ދޫކޮށްފައި ވަނީ އެމްޑީޕީއަށެވެ. އެެގޮތުން، އެ ޕާޓީއަށް 15.1 މިލިއަން ރުފިޔާ ދީފައިވެއެވެ.

ދެން އެންމެ ގިނަ ފައިސާ ދީފައި ވަނީ ޕީޕީއެމް އަށެވެ. އެ ޕާޓީއަށް 10.4 މިލިއަން ރުފިޔާ ދީފައިވެއެވެ.

އެއަށް ފަހު ވެރިކަން ކުރާ ޕީއެންސީއަށް އަށް މިލިއަން ރުފިޔާ ވަނީ ދީފައެވެ.
އޭގެ އިތުރުން ޖުމްހޫރީ ޕާޓީއަށް 5.3 މިލިއަން، އެމްޑީއޭ އަށް 2.4 މިލިއަން އަދި އަދާލަތު ޕާޓީއަށް 2.5 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.