އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru
މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށެވެ.
އަދި ދިވެހި ސަގާފަތަކީ އީދުގައި ފެން ޖެހުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އީދުގައި ފެން ޖެހުމަކީ ދީނީ ކަމެއްތޯ މީހަކު ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަފު ޝަހީމް ވިދާޅުވީ އީދުގައި ފެން ޖެހުމަކީ ދިވެހިންގެ އާދަކާދައެއް ކަމަށެވެ. އެއީ ދީނީ ގޮތުން ފުށުއަރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ފެން ޖެހުމަކީ އީދުގައި ކުރެވިދާނެ ކަމެއް،“ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރެއްވި ދެ އީދު ދުވަހަކީ މި އުންމަތުގެ ރަމްޒެވެ. މި ދެ އީދުގެ ތެރެއިން ފިތުރު އީދު އަންނަނީ އިސްލާމް ދީނުގެ ރުކުނެއް ކަމުގައިވާ ފަރުޟު ރޯދައަށް ފަހުގައެވެ. އަޟްހާ އީދު އަންނަނީ ހައްޖުގެ އަޅުކަމަށް ފަހުގައެވެ.