ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނީ ބާރު ނަހަމަގޮތުގައި ބޭނުން ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒު މުހްސިން ވިދާޅުވެއްޖެއެވެ.
ކުރީގެ ދިފާއީ ވަޒީރު މާރިޔާ ވަނީ، މި ސަރުކާރު ވެރިކަމަށް އައުމުންނާއި މަޖަލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން ގޮވާލައްވާފައެވެ.
މާރިޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރެސިޑިވިސްޓުންގެ އާދަކާދަ ދިރާސާތަކުން ދައްކާގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަކަމަކަށް ދިރާސާތަކުން ނުދައްކާ ކަމަށެވެ.
މާރިޔާގެ ވާހަކަތަކަށް ރައްދު ދެއްވާ މުހުތާޒު ވިދާޅުވީ، ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށެވެ.
ކުރީގެ ސަރުކާރޭ ކިޔައިގެން ވަގުތު ބޭކާރުނުކޮށް ހުއްޓިފައިވާ ޖިނާއީ އަދުލުގެ ނިޒާމު ހަލުވިކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށާއި، އޭގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް މުހުތާޒު ވިދާޅުވިއެވެ.
