އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ހަރުގެ ހިންގި ހ. ވެޔޮވިލާގައި ޕީއެންސީގެ ޖަގަހަ އަންނަ ހޮނިހިރު ދުވަހު ހުޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީއެންސީން މިރޭ ބުނީ ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ހ. ވެޔޮވިލާ ( އާޓިފިޝަލް ބީޗް ކުރިމަތި)ގައި އޮންނާނެ ކަމަށެވެ.
އަދި ޖަގަހަ ހުޅުއްވައި ދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ރައީސް މުއިއްޒު އަކީ ޕީއެންސީގެ ރައީސްއެވެ.
ވެޔޮވިލާ އެންމެ ފަހުން ބޭނުންކުރީ ޑިމޮކްރެޓްސް ޕާޓީގެ ހަރުގެއްގެ ގޮތުގައެވެ.
ފަހުން އޭޕްރީލް މަހުގައި، އެ ތަނުގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ވަނީ ތަން ހުސް ކުރުމަށް ޑިމޮކްރެޓްސް އަށް އަންގައިފައެވެ.
