ހައްޖުގެ އަޅުކަމަށް ފަހު، އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.
މިނިސްޓަރު ޝަހީމް ރާއްޖެއިން ފުރާވަޑައިގެންނެވީ މި މަހުގެ 11 ވަނަ ދުވަހެވެ.
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ޖުމްލަ 1150 މީހުން ދިޔައެވެ.
މިފަހަރު ދިވެހި ހުރިހާ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
މައްކާގައި ހުންނަވައިގެން ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިފަހަރު ހައްޖުގައި ދިވެހި ހާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު ކަމަށެވެ.
އަދި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހުން ހައްޖަށް ގެންގޮސްފައިވެއެވެ.
