ހދ. ހަނިމާދޫ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ، ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަންގޮތަށް ހަބަރެއް ނުވާތީ، ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެގެއަށް ގޮސްފައިވާ ކަމަށާއި، ގޮސް ކޮޓަރިއަށް ވަދެ ބެލިއިރު، އެއްވެސް ހަރަކާތެއް ނެތި އެނދުމަތީގައި މީހާ އޮއްވާ ފެނިފައިވާ ކަމަށެވެ.

އެމީހާ ހަރަކާތެއް ނެތި އެނދުމަތީގައި އޮތުމުން އެރަށު ހެލްތް ސެންޓަރަށް އެމީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށާއި ނިޔާވެފައި ވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.