ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޖަގަހަ ”ހައުސް އޮފް ޕީއެންސީ“ ހުޅުވުން މިރޭ އޮންނާނެއެވެ.
އެ އިވެންޓް ފަށަން ކުރިން ހަމަޖެހިފައި އޮތީ ރޭ 8:30 ގައެވެ.
ނަމަވެސް އެ އިވެންޓު މިރެއަށް ފަސް ކުރީ މޫސުން ތަންނުދިނުމުގެ ސަބަބުންނެވެ.
ޕީއެންސީގެ އާ ޖަގަހަ ”ޕީއެންސީ ހައުސް“ ހަދާފައި ވަނީ ހ. ވެޔޮވިލާގައެވެ.
އެއީ ކުރިން އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ހަރުގެ ވެސް ހިންގި ތަނެވެ. ޕީއެންސީން އެތަން ކުއްޔަށް ނެގީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ިމިރޭ ޕީއެންސީގެ ޖަގަހަ ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނަކީ ޕީއެންސީގެ ވެސް ރައީސްއެވެ.
