ރ. މީދޫ މިސްކިތެއްގައި ނަށަމުން ޓިކްޓޮކް ކުޅުނު އަންހެން މީހާ ވަކި މުއްދަތެއް ނެތް ގޮތަށް، ’ދަންދާނަ‘ ގުރޫޕުން ސަސްޕެންޑު ކޮށްފިއެވެ.

Ads by Asuru

މީދޫއަށް އީދު ޝޯ ދިނުމަށް ދިޔަ ނަށާ ގުރޫޕެއްގެ މެންބަރަކު އެ ރަށު މިސްކިތެއްގައި ނަށަމުން ޓިކްޓޮކެއް ކުޅުނު މައްސަލަ ހޫނުވެފައިވާއިރު، ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މި މައްސަލަ ބަލަމުންނެވެ.

މިސްކިތުގައި ނެށި އަންހެންމީހާ ނިސްބަތްވާ ދަންދާނަ ގްރޫޕުން މި މައްސަލައިގައި އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ އެ ވީޑިއޯ މިސްކިތެއް ތެރޭގައި ކުޅެފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެކަން ކޮށްފައިވަނީ އޭނާ އަމިއްލައަށް ކަމަށާއި އެ ކަމުގައި އެ ގުރޫޕުގެ އެއްވެސް ހިއްސާއެއް ނެތް ކަމަށެވެ.
މީގެ އިތުރުން އެ ގުރޫޕުން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ގްރޫޕުގެ ދަތުރެއްގައި ކަމަށްވުމުން ގްރޫޕުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް، އޭނާ ވަކި މުއްދަތެއް ނެތި ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.