މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން މި އެލާޓު ނެރިފައި ވަނީ، މިއަދު 13:00ގައެވެ. އެލާޓުގެ ވަގުތު 18:00ގައި ހަމަވާނެއެވެ.
އެލާޓުގެ ވަގުތުތަކުގައި، ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ. އަދި 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް ވެސް މެޓުން ލަފާ ކުރެއެވެ.
މި އެލާޓުގައި ކަނޑުތައް ވެސް ގަދަ ވާނެ ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ.
