މި ސަރުކާރާ ދޭތެރޭގައި އުއްމީދު ކަނޑާ ނުލުމަށް އިލްތިމާސް ކުރައްވައި، ސަރުކާރުން ކަންކަން ކުރަމުންދަނީ، ވަރަށް އިހްލާސްތެރިކަމާއިއެކުގައި، ވަރަށް ފުރިހަމައަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ، މިރޭ ”ހައުސް އޮފް ޕީއެންސީ“ގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށާއި، ކާމިޔާބީތައް ހޯދަމުންދަނީ އެކަން ކުރުމެއް ނެތި ކަމަށެވެ. އަދި ކޮންމެ ސަރުކާރަކަށް ވެސް ގޯސް ހެދޭނެ ކަމަށާއި، ގޯހެއް ހެދުމުން އޮތީ އެ ގޯސް ގަބޫލު ކުރުން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށާއި، ބޭރުގެ އެކި ފަރާތްތަކުން ދޭ ލަފާ އަޑު އަހައި، ހަރަދުތައް ކުޑަކޮށްގެން މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

”އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެމްޑީޕީގެ ސަރުކާރުގައި ފާހަގަވެގެން ދިޔައީ، މަސްވެރިންނަށް ވެސް، ނުދެވޭ ވަރަށް އަގުބޮޑު ކޮށްލީ.“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނުއިރު، ކުންފުނިތަކުގެ ހާލަތު ވަރަށް ގޯސް ކަމަށާއި، ”އެވަރު އަރުވާލާނެ ކަމަށް ހީވެސް ނުކުރާ“ ކަމަށެވެ. އެގޮތުން ފެނަކަ ކުންފުނި، ހަތަރު ބިލިއަން ރުފިޔާ އިން ދަރުވާލާފައި އޮތްކަން ޝުޖާއު ފާހަގަކުރެއްވިއެވެ.