ހިޔާ ޓަވަރެއްގެ ކޮރިޑޯގައި ޒުވާން ފުރައިގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Asuru
ފުލުހުން މިއަދު ބުނީ، ހިޔާ ޓަވަރެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނީ، މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށާއި،.އެ ވިީޑިއޯއާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކުން އެކަން ފުލުހުންނާ ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ އޮރެންޖު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު، ހުދު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ކުއްޖަކަށް އަނިޔާކުރާ މަންޒަރެވެ.