ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ތަޢުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.

Ads by Asuru

ބަކާ ނިޔާވީ، ޙައްޖުގެ މަތިވެރި އަޅުކަމުން އެނބުރި އައި ފަހުން، ކުއްލި ގޮތަކަށް ހާލު ބޮޑުވެ، އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވިއިރު އޭނާގެ އުމުރަކީ 38 އަހަރެވެ.

ބަކާއަށް ހާއްސަ ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައި މިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކޯޗުންނާއި ކުޅުންތެރިން ބައިވެރިވިއެވެ.

ބަކާގެ ތައުޒިޔާގެ ދަފްތަރުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ލިޔުއްވަނީ

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު އާއި، ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ލިޔުނު މި ދަފްތަރު، އެފްއޭއެމް ނަވާރަ އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕު ނިމެންދެން ގަލޮޅު ދަނޑުގައި ބެހެއްޓިފައި ހުންނާނެއެވެ.