ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަމޫނާ ދައްކަވަން ޖެހޭ ކަމަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަލީމް މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާއަށް އާސިއާން ގައުމުތަކުން ލިބޭ މެޑިކަލް އިންޝްއަރެންސް މެދުކަނޑާލަން ޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޒާން ވިދާޅުވި ވާހަކައަށް ތާއީދު ކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވއަޒާން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ހަރަދު ކުޑަކުރަމުން ކަމަށާއި މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ނަމޫނާ ދައްކަންޖެހޭ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިސާލު ދެއްކުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއިލާގެ ބޭފުޅުންނަށް އާސިއާން ޤައުމުތަކުން ލިބެން އޮންނަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން ޖެހޭ ކަމަށާއި އަދި އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މެމްބަރުންނަށް ލިބެން ނުޖެހޭ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.