ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފަލަސްތީނުން އދ. އަށް ކަނޑައަޅުއްވާފައިވާ ސަފީރު ރިޔާދު މަންސޫރާ ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

މިނިސްޓަރު ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިއުޔޯކްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި އދ.ގެ ފުރިހަމަ މެމްބަރަކަށް ފަލަސްތީނުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލުމުގައި ވެސް ރާއްޖެއިން ދެމި އޮންނާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާއެކު ވެސް ވާހަކަތައް ބާއްވަވައިފައެވެ.