ލުނބޯ ފެނަކީ ސާފު ފެނާއި ލުނބޯ ހުތް އެއްކޮށްގެން ހަދާ ބުއިމެކެވެ. މި ބުއިން ހޫނުކޮށް ނުވަތަ ފިނިކޮށް ވެސް ބޭނުންކުރެވިދާނެއެވެ.
މި ބާވަތުގެ ފެން ބުއިމުން އެކި ކަހަލަ ސިއްޙީ ފައިދާތައް ލިބޭކަމަށް ބުނެވެއެވެ. މީގެ ތެރޭގައި ހަޖަމުކުރުން ރަނގަޅުވުމާއި، ސަމާލުކަން ދެވޭ މިންވަރު އިތުރުވުމާއި ހަކަތަ އިތުރުވުން ހިމެނެއެވެ.
މީގެ އިތުރުން، ބަރުދަން ލުއިކުރުމަށް މަގުފަހިވެގެން ދިޔުމާއި ހަށިގަނޑަށް ވިޓަމިން ސީ ލިބުމަކީ ވެސް ލުނބޯ ފެން ބުއިމުގެ ފައިދާއެކެވެ.
ކިޑްނީގައި ހިލަ އުފެދޭ މައްސަލައަށް ހައްލެއް:
ލުނބޯގައި އެކުލެވޭ ސައިޓްރިކް އެސިޑަކީ ކިޑްނީގައި ހިލަ އުފެދުން ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ސައިޓްރިކް އެސިޑްގެ މާއްދާއެއް ކަމުގައިވާ ސައިޓްރޭޓްގެ ސަބަބުން ޔޫރިން އެސިޑިކް މަދުވެ، ކުދި ހިލަތައް ވެސް ހަލާކުކޮށްލައެވެ.
ނޭޝަނަލް ކިޑްނީ ފައުންޑޭޝަނުން ލަފާދެނީ ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިވުމަށް ބޭނުންކުރާ އެހެނިހެން ބޭހާއެކު ކޮމްޕްލިމެންޓަރީ ޑައިޓްރީ ފަރުވާއެއްގެ ގޮތުގައި 4 އައުންސް ލެމަން ޖޫސް ކޮންސެންޓްރޭޓް ފެނާ އެއްކުރުމަށެވެ.
ކެންސަރު ޖެހުން ދުރުކޮށްދޭ:
ލުނބޯގައި ވިޓަމިންސީ އެކުލެވިގެން ވެއެވެ. އަދި ފްލޭވަނޮއިޑް ކަމްޕައުންޑް ތައް ވެސް ހުރެއެވެ. މިކަމުގެ ސަބަބުން، އިންސާނާގެ ކެންސަރު ފެތުރިގެން ދިޔުން ކުޑަކޮށްދެއެވެ. އެއީ ފްލޭވަނޮއިޑް ގެ ސަބަބުން ކެންސަރުގެ ސެލްތައް ފެތުރުން ކުޑަކޮށްދޭ ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ. އެހެންކަމުން ލުނބޯ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާއެއް ކަމުގައި ވަނީ ބެލެވިފައެވެ.
ހަޖަމު ކުރުމަށް އެހީއެއް:
ލުނބޯގައި ހިމެނޭ ބައެއް ކަހަލަ އެސިޑް ތަކަކީ ހަޖަމުކުރާ ނިޒާމު ދޮވެ ސާފުކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.
ބަނޑުހިކުމުން ދުރުކޮށްދީ، ފަސޭހައިން ބޮޑުކަމުދެވޭނަމަ ފުރަގަސްފަރާތުބަލީގެ އުދަނގޫ ކުރިމަތިވުމުގެ ފުރުސަތު ކުޑަވާނެއެވެ. ސިއްހީ ލިޔުންތަކުގައިވާ ގޮތުން، ލުނބޯ ފެނާއި ލޮނު އެއްކޮށްގެން ބުއިމުން، ބަނޑު ހިކުމުން ދުރު ކޮށްދޭނެއެވެ.
