ދައުލަތުގެ މާލީ ހާލަތު ގޯސްވީ، ކުރީ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން އުޅޭތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

Ads by Asuru
ސަލީމް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިގްތިސޯދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި މި ސަރުކާރަށް މެނޭޖް ކުރަން ނޭނގޭ ކަމަށް ކުރީގެ ފިނޭސް މިނިސްޓަރު އަމީރު ވިދާޅުވުމާ ގުޅިގެންނެވެ.

އަމީރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަލީމް ވިދާޅުވީ، މި ސަރުކާރުން އިގްތިސޯދު ގޯސްވެގެން ނޫޅޭ ކަމަށެވެ.

އުޅެނީ ނިމިދިޔަ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން ކަމަށާއި މިކަމުގެ ހުރިހާ ޒިންމާއެއް އަމީރު ނަގަން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ކުރީ ސަރުކާރުން ފަސް އަހަރު ވަންދެން ފައިސާ ޗާޕު ކުރިކަން ފާހަގަކޮށް، އެއީ މެނޭޖް ކުރި ގޮތްތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްްވާފައެވެ.