ދިވެހިރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން 50 ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.

Ads by Asuru

މިއީ  އިމިގްރޭޝަންގެ އިސްނެގުމަށް، ދިވެހި ފުލުހުންނާ ގުޅިގެން ފަށާފައިވާ އޮޕަރޭޝަނެކެވެ.

ފުލުހުން ބުނެފައި ވަނީ، މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު ބަލާފައިވަނީ މާލޭގެ އެކި ސަރަޙައްދުތައްކަމަށެވެ.

އެގޮތުން މާލޭގެ ލޯކަލް މާރުކޭޓާ މާލެތެރޭގައި ހުރި މާރުކޭޓުތައް އަދި މާލޭގެ ބައެއް އެހެން ސަރަޙައްދުތައްވެސް ބަލާފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ބެލިއިރު، ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ 50 ބިދޭސީން އިމިގްރޭޝަނާއި ވަނީ ހަވާލުކޮށްފައެވެ.