ޤުރުއާން ހިތުދަސްކުރާ ކުދީންނަށް ދައުލަތުންދޭ އިނާޔަތްތައް އިތުރުކުރައްވާނެކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ކިރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް އިފްތިތާހުކުރުމަށް ރޭ ކުރިއަށްދިޔަ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ދައުލަތުގެ ފަރާތުން ދޭ އިނާޔަތާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރުކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެއް އަމާޒަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް އަހަރަކަށްފަހު އަހަރެއް ހަރުދަނާކުރުންކަމަށެވެ.

އަދި، މީގެ އެއް ސަބަބަކީ، މި މުބާރާތަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނުގައި ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މުބާރާތްކަމުގައި ވުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވިފަހުން ދީނީ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ކަންކަން ކުރިއަށްދާކަމަށެވެ.

އަދި މީގެ އެއް ހިކްމަތަކީ، ރައީސްގެ އެންމެ މުހިންމު އަމާޒަކީ ރާއްޖޭގައި އިސްލާމް ދީނަށް ލޯބިކުރާ ބައެއް އުފެއްދުންކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.